Аналитика Telegram-канала
Подписчики
1 559
Публикаций
147
Динамика подписчиков
7 дней
30 дней
6 месяцев
Больше
16 ноя19 ноя22 ноя
Показаны последние 7 дней
Больше истории →
Охваты публикаций
22.1023.1024.1024.1025.10
150
Средний охват
425
Лучший результат
Показаны 5 публикаций — последние в канале
Больше статистики →
Упоминания
7
Упоминаний
6
Из них репостов
5
Каналов
0
Упоминаний за 90 дней
0
Из них репостов
0
Каналов за 90 дней
Последние посты
3 из 147 2 из 147ފެނާގުޅޭ މަސްއަލަތަކުގެ ތެރޭގައި، އޮޅުންއެރުން ހިމެނެއެވެ. އޭގެ މިސާލުތަކުގެ ތެރޭގައި:
(ހ) އަތުގައި އޮތް ޠަހޫރު ފެންފުޅިއާއި ނަޖިސް ފެންފުޅި އެކަތި އަނެކައްޗާ ވަކިކުރަން ނޭނގުން. މި ޙާލަތުގައި، އެ ދެ ފެންފުޅި ވެސް ބޭނުން ނުކުރާނީއެވެ. އަދި ތަޔައްމަމު ކުރާނީއެވެ.
އެހެން ރައުޔެއްގައި ބުނެވޭގޮތުން ހަދާނީ އެހެން ގޮތެކެވެ. އެއީ، ޤަރީނާތައް ލިބެން ހުރިނަމަ، އޭގެ ތެރެއިން ޠަހޫރު ފެނަކީ ކޮބައިކަން ދެނެގަންނަން މަސައްކަތްކުރާނީއެވެ. އެގޮތުން، ބޮޑަށް ހީވާ ގޮތަކަށް ބިނާކޮށް ޠަހޫރު ފެނަކީ ކޮބައިކަން ނިންމާނީއެވެ.
މަގުމަތިން ހިނގާފައި ދަނިކޮށް ނުވަތަ އެހެން ގޮތަކުން ނަމަވެސް، އިންސާނާގެ ގައިގައި ފެނެއް ޖެހިއްޖެނަމަ، ބަލާނީ އެއީ ޠަހޫރު ފެނެއް ކަމުގައެވެ. އެއީ ޠާހިރު ފެނެއްތޯ ނުވަތަ ނަޖިސް ފެނެއްތޯ ސުވާލުކުރުމެއް ނެތެވެ. އެގޮތަށް ސުވާލުކުރުން މަކުރޫހަ ވާނެ ކަމަށް ވެސް ބައެއް ޢިލްމުވެރިން ދެކިވަޑައިގަންނަވައެވެ. އެއީ، އެ ފެނުން ނަޖިހުގެ ޢަލާމާތެއް އޭނާއަށް ނުފެންނަނަމައެވެ.
މިއާ ޚިލާފަށް، ވަކި ފެނެއް އެއީ ނަޖިސް ފެނެއްކަން ތިމާއަށް އެނގޭނަމަ، އަދި އެ ފެން ބޭނުންކޮށްގެން މީހަކު ޠާހިރު ވާތީ ތިމާއަށް ފެނުނުނަމަ، އެއީ ނަޖިސް ފެނެއްކަން އޭނާއަށް އަންގަން ވާނެއެވެ.
(ށ) އަތުގައި އޮތް ނަޖިސް ހެދުމަކާއި ޠާހިރު ހެދުމެއް އެކަތި އަނެކައްޗާ ވަކިކުރަން ނޭނގުން. ނުވަތަ ހުއްދަ ހެދުމަކާއި ޙަރާމް ހެދުމެއް އެކަތި އަނެކައްޗާ ވަކިކުރަން ނޭނގުން. ޙަރާމް ހެދުމުގެ މިސާލަކީ، ވަގަށް ނަގާފައިވާ ހެދުމެވެ. މި ޙާލަތުގައި، އޭނާ އަތުގައި އޮތް ނަޖިސް ހެދުމުގެ އަދަދަށް ނުވަތަ ޙަރާމް ހެދުމުގެ އަދަދަށް (ފަހަރަކު ހެދުމެއް ލައިގެން) ނަމާދު ތަކުރާރުކޮށް ކުރާނީއެވެ. އެއަށްފަހު (އަނެއްކާ ވެސް އެހެން ހެދުމެއް ލައިގެން) އިތުރަށް އެއް ފަހަރު އެ ނަމާދު ކުރާނީއެވެ. އޭރުން ޠާހިރު ނުވަތަ ހުއްދަ ހެދުމެއްގައި ޔަޤީނުން ވެސް އޮންނާނީ ނަމާދުކުރެވިފައެވެ.
އެހެން ރައުޔެއްގައި ބުނެވޭގޮތުން ހަދާނީ އެހެން ގޮތެކެވެ. އެއީ، އެ ތަނުން ޠާހިރު ނުވަތަ ހުއްދަ ހެދުން ދެނެގަންނަން މަސައްކަތްކުރާނީއެވެ. އެގޮތުން، ބޮޑަށް ހީވާ ގޮތަކަށް ބިނާކޮށް އެ ތަނުން ޠަހޫރު ހެދުމަކީ ނުވަތަ ހުއްދަ ހެދުމަކީ ކޮބައިކަން ނިންމާނީއެވެ. ދެން، އެ ހެދުމުގައި އެންމެ ނަމާދެއް ކުރުމުން ފުދޭނެއެވެ.
ލިޔުއްވީ: ޝައިޚް ޑރ. މަންޞޫރު ބުން މުޙައްމަދު ބުން ޢަބްދިﷲ އައްޞަޤްޢޫބު
ތަރުޖަމާކުރީ: ޑރ. އިސްމާޢީލް ރިޔާޟް (ޝައިޚުގެ ދަރިވަރެއް)
=5ވަނަ ބައި=
ещё
149
1
25 окт, 20:10
ފެނުގެ މައުޟޫޢުގައި ބޭނުންޖެހޭ އުޞޫލުތަކުގެ ތެރޭގައި، اليَقِينُ لَا يَزُولُ بِالشَّكِّ (ޝައްކުން ޔަޤީންކަން ފިލުވައެއް ނުލެވޭނެ) ހިމެނެއެވެ. އެ އުޞޫލަށް ބިނާކޮށް، ޝައްކެއް ވެއްޖެނަމަ، އަޅުގަނޑުމެން އެ ޝައްކު އެއްފަރާތް ކުރާނީއެވެ. އަދި ޔަޤީންވާ ގޮތުގައި މަތީގައި ދެމިހުންނާނީއެވެ. މި ކަމުގެ މިސާލުތަކުގެ ތެރޭގައި:
(ހ) ވުޟޫ ކުރެވުނުކަން ޔަޤީންވާ ޙާލު، އޭގެ ފަހުން ވުޟޫ ގެއްލުނުކަމާމެދު ޝައްކުވެއްޖެނަމަ، ބަލާނީ އޭނާ ހުރީ ވުޟޫކޮށްގެން ކަމަށެވެ.
(ށ) ޙަދަޘްވެރިވެ ހުރިކަން ޔަޤީންވާ ޙާލު، އޭގެ ފަހުން ވުޟޫ ކުރެވުނުކަމާމެދު ޝައްކުވެއްޖެނަމަ، ބަލާނީ އޭނާ ހުރީ ވުޟޫ ކޮށްގެން ނޫން ކަމަށެވެ.
(ނ) ހެދުމުގައި އެއްޗެއް ޖެހިފައި ހުއްޓައި ފެނި، އެއީ ނަޖިހެއްތޯ ނުވަތަ ޠާހިރު އެއްޗެއްތޯ ކަނޑައަޅަން ނޭނގުނުނަމަ، ބަލާނީ އެއީ ޠާހިރު އެއްޗެއް ކަމުގައެވެ. އެއީ ނަޖިހެއްކަން ޔަޤީން ނުވާ ނަމައެވެ.
(ރ) ހެދުމުގައި ނަޖިހެއް ޖެހިފައި ހުރިތަން ފެނި، އޭގެ ފަހުން އެ ހެދުމުން އެ ނަޖިސް ފިލުވައިލެވިފައިވާ ކަމާމެދު ޝައްކުވެއްޖެނަމަ، ބަލާނީ ނަޖިސް ފިލުވައިނުލެވޭ ކަމަށެވެ.
ލިޔުއްވީ: ޝައިޚް ޑރ. މަންޞޫރު ބުން މުޙައްމަދު ބުން ޢަބްދިﷲ އައްޞަޤްޢޫބު
ތަރުޖަމާކުރީ: ޑރ. އިސްމާޢީލް ރިޔާޟް (ޝައިޚުގެ ދަރިވަރެއް)
=4ވަނަ ބައި=
ещё
59
0
24 окт, 20:37
ޠަހޫރު ފެނުގެ ތެރެއިން މަކުރޫހަ ކަމެއް ނެތި ބޭނުންކުރުން ހުއްދަ ބައެއް ފެން:
(ހ) ގިނަ ދުވަހު އެއްތަނެއްގައި ޙަރަކާތެއް ނެތި ހުރުމުގެ ސަބަބުން ބަދަލުއައިސްފައިވާ ފެން.
(ށ) އެ އެއްޗަކުން ފެން ސަލާމަތްކޮށް ބަހައްޓަން އުނދަގޫވާ ޒާތުގެ ޠާހިރު އެއްޗަކުން ބަދަލުއައިސްފައިވާ ފެން. މިސާލަކަށް، ފެނުގެ ތެރޭގައި ވިނަ ފެޅުމެވެ. ނުވަތަ ފެނަށް ގަހެއްގެ ފަތްތަކެއް ވެއްޓުމެވެ.
(ނ) މަރުވެފައިވާ އެއްޗަކާ ކައިރީގައި އޮތުމުގެ ސަބަބުން ބަދަލުއައިސްފައިވާ ފެންގަނޑު. އެއީ، އެ ފެންގަނޑުގެ ތެރެއަށް މަރުވެފައިވާ އެއްޗެއް ވެއްޓުމުގެ ސަބަބަކުން ނޫނެވެ. އެ ފެންގަނޑު ކައިރީގައި އެ އެއްޗެއް މަރުވެ، މުޅަވެފައި އޮތުމުގެ ސަބަބުންނެވެ.
(ރ) ހޫނުކޮށްފައިވާ ފެން. އެއީ، އިރުގެ އަވިން ހޫނުކުރުމެވެ. ނުވަތަ ލަކުޑިއާއި ގޭސްފަދަ ޠާހިރު އެއްޗަކުން ހޫނުކުރުމެވެ.
(ބ) ބީންސްފަދަ ޠާހިރު އެއްޗަކާ އެކުވެ ބަދަލުއައިސްފައިވާ ފެން. މިހާރު ތިޔައީ ފެނެއް ނޫނޭ ބުނާހާ މިންވަރަށް ބަދަލުއައިސްފައި ނުވާނަމައެވެ.
(ޅ) ޠާހިރުވުން ނޫން އެހެން ބޭނުމެއްގައި (ފެނުގެ ތެރެއަށް އަތްބާނައިގެން) ބޭނުންކޮށްފައިވާ މަދުއަދަދެއްގެ ފެންފޮދު. މިސާލަކަށް، ހަށިގަނޑު ފިނިކޮށްލުމަށް ނުވަތަ ހެދުމެއް ދޮވުމަށެވެ.
ލިޔުއްވީ: ޝައިޚް ޑރ. މަންޞޫރު ބުން މުޙައްމަދު ބުން ޢަބްދިﷲ އައްޞަޤްޢޫބު
ތަރުޖަމާކުރީ: ޑރ. އިސްމާޢީލް ރިޔާޟް (ޝައިޚުގެ ދަރިވަރެއް)
=3ވަނަ ބައި=
ещё
425
1
24 окт, 20:13
Продолжить анализ этого канала
- История роста подписчиков
- Просмотры и охваты публикаций
- Кто упоминает канал и кого упоминает он
- Похожие каналы и подбор для рекламы
Открыть аналитику
Демо до 14 дней